twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބޮޑު ޓީޗަރުގެ ވަކިވުމަކީ ނޮޅިވަރަންފަރު ސްކޫލަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް: ރައީސް

އަބްދުލް ވާހިދު ޙަސަން
Aug 30, 2019

ހުސައިން އަބްދުﷲ (ބޮޑު ޓީޗަރު) ގެ ވަކިވެދިޔުމަކީ ނޮޅިވަރަންފަރު ސްކޫލަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތ. ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަބަމުން ރައީސް ވިދާޅުވީ ހުސެއިން އަބުދުﷲ އަކީ އެރަށު ސްކޫލަށް މެދުނުކެނޑި 35 އަހަރު ހިދުމަތް ކުރައްވާފައިވާ އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށެވެ. ބޮޑު ޓީޗަރަކީ އެރަށު ސްކޫލްގެ އިސްލާމް ޓީޗަރެއްގެ މަޤާމުގައި ހުންނެވި ބޭފުޅެއް ނަމަވެސް ހަގީގަތުގައި އޭނާއަކީ އެ ސްކޫލްގެ ބައްޕަކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ހުސައިން އަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ އާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފަ އެވެ.

ބުރާސްފަތި ދުވަހު މެންދުރެއްހާއިރު ހދ.ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 މީހުންގެ އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ. މިހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއްކަމަށްވާ އަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ މި ދުނިޔެ ދޫކުރައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމުގައި ވިދާޅުވި އެވެ. އަދި، އެ މީހުންގެ ފާފަތައް ފުއްސަވައިދެއްވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށާއި، އެ މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވައި، ދަރުމައާއި ސަވާބު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355