twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޗެމްޕިއަން ލިވަޕޫލް ނާޕޮލީއާއެކު، ބާސަލޯނާ އުނދަގޫ ގުރޫޕެއްގައި

Aug 30, 2019

ޔޫރަޕް އެންމެ މަތީ ފަންތީގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ ޗެމްޕިއަންސްލީގުގެ ގުރުތުލުން ރޭ ބޭއްވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ގްރޫޕް އެފްގައި ލައްވާލިއިރު، ބާސެލޯނާއަށް ވަރުގަދަ ގުރޫޕެއް ލައްވާލައިފި އެވެ.

ޗެޕްޕިއަން ލިވަޕޫލް އާއެކު ގްރޫޕް އެފްގައި ހިމެނެނީ އިޓަލީގެ ނަޕޯލީއާއި އޮސްޓްރިއާގެ ސަލްޒްބާގާއި ބެލްޖިއަމްގެ ގެންކް އެވެ.

ބާސެލޯނާ މި ފަހަރު ގްރޫޕް އެފްގައި އޮތީ އިޓަލީގެ އިންޓަ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރަހާއާ އެއް ގްރޫޕެއްގަ އެވެ. މިދިޔަ އަހަރު އިންޓަ ގްރޫޕް ސްޓޭޖުން ކެޓީ ބާސެލޯނާއާ އެއް ގްރޫޕެއްގައި އޮވެ އެވެ. ބަޔާން މިއުނިކް ނެގުމަށްފަހު ބޮރޫޝިއާ ޑޯޓްމަންޑް އަކީ ޖަރުމަނުގެ އެންމެ ވަރުގަދަ ޓީމެވެ. މި ތިންޓީމުގެ ތެރެއިން ކޮންމެވެސް އެއްޓީމެއް ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ހިމެނުނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ފައިނަލް މެޗު މި ފަހަރު ކުޅޭ ތުރުކީގެ ގަލަސަތަރާއިގެ އިތުރުން ބެލްޖިއަމްގެ ކްލަބް ބްރޫޖާ އެކު ގްރޫޕް އޭ ގަ އެވެ. މިއީ ގްރޫޕް އޮފް ޑެތް ކަމުގައި ބެލެވިދާނެ އެވެ.

ގްރޫޕް ޑީ އަކީވެސް މިފަހަރު ގަދަބާރުތައް ހިމެނޭ ގުރޫޕެކެވެ. އެ ގްރޫޕުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަނުގެ ބަޔާ ލެވަކޫސަން އަދި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ހިމެނެއެވެ.

ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުތައް ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، އެރޭ ބާސަލޯނާ އާއި ބޮރޫޝިއާ ޑޯޓްމުންޑު ބައްދަލު ކުރާއިރު، ލިވަޕޫލްއާއި ނާޕޮލީވެސް އެރޭ ކުޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355