twitterviber whatsapp telegramfacebookyoutube instagram
21st June 2026

ހދ އަތޮޅު މަދަރުސާގައި ތިން ބުރީގެ އިމާރާތެއް ހެދުމަށް ކިއު.ވަން މޯލްޑިވްސްއަށް

އަބްދުލް ވާހިދު ޙަސަން
Aug 31, 2019
2

ހދ ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި ތިން ބުރީގެ 12 ކުލާސް ރޫމް އެޅުމަށް ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކާ މިދިޔަ ބުރާސްފަތި އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަފްސަލް ސައީދެވެ.

ފީއެސްއައިޕީގެ ދަށުން ކުރިއަށްގެންދެވޭ މި މަޝްރޫއުއަށް ޖުމްލަށް 7،780،282.47 ރުފިޔާ ހަރަދުވާނެ އެވެ. އެއް އަހަރުގެ މުއްދަތަށް ހަވާލުކުރި މި މަޝްރޫއު 2020 ވަނަ އަހަރުގެ އޯގަސްޓްމަހު އިމާރާތުގެ މަސައްކަތް މުޅިން ނިންމި ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓްރީން އުންމީދުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355