twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުނަފް

ނަބީލާ އިސްމާޢީލް
Aug 31, 2019

މިދިޔަ އަހަރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ އަހުނަފް ހޮވިއްޖެ އެވެ. މިއީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޝަރީއާއިން ޑިގްރީ އަށް ކިޔަވަމުން ވެސްއަންނަ ދަރިވަރެކެވެ. އަހުނަފް ވަނީ އިކޮނޮމިކްސް އިން ދުނިޔެއިން 10 ވަނަ ހޯދާފައެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ބޭއްވި އިނާމުދިނުމުގެ ޖަލްސާގައި އެންމެ މޮޅުދަރިވަރަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މި ސްކޫލުގެ ދެވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އައިޝަތު ޒަކާ ޒާހިރެވެ. އަދި ތިންވަނައަށް ސަޖާޔާ ސޮލާހު ވަނީ ހޮވިފައެވެ. މި ހުރިހާ ދަރިވަރުންނަށް ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ހަވާލުކޮށްފައި ވެ އެވެ.

މި ޖަލްސާ ސަރަފްވެރިކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމް ހާސިލްކުރާއިރު މަޖާ ވެސް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އިމުގެތެރެއިން ކިޔެވުމަށް އަސަރުނުކުރާނެ ގޮތަކަށް ކަމަށާއި ޒުވާން ދުވަސްވަރު އެކި ކަންކަން ތަޖުރިބާ ކުރަން ބޭނުންވާނެކަމަށެވެ. ނަމަވެސް އެކަންތަށް ތައް ކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލަންޖެހޭނެ ކަމަށެވެ.

ޓެސްޓް ކުރުމުގެ ބޭނުމުގައި ނަމަވެސް މަސްތުވާތަކެތީގެ ވަބައިގައި ނުޖެހުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް ނަސޭހަތް ތެރިވެފައެވެ.

ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ މިދިޔަ އަހަރު އޭ ލެވެލްގެ ނަތީޖާ އޭގެ ކުރީ އަހަރަށްވުރެ ރަނގަޅު ކަމަށެވެ. އެގޮތުން ޔުނިވާސިޓީ އަށް ވަދެވޭ ވަރަށް ފާސްވި ދަރިވަރުންގެ އަދަދު 81 ޕަސެންޓަށް އިތުރުވެފައިވާ ކަން ފާހަގަކުރެއްވިފައިވާކަމަށެވެ. މިދިޔަ އަހަރު 500 އެއްހާ ދަރިވަރުން އޭލެވެލް ހެދި އިރު އޭގެ ތެރެއިން 09 ދަރިވަރުން ވަނީ ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355