twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދަތުރުވެރިން ލައިފް ޖެކެޓް އަޅާތޯ ބަލަން ފަށައިފި

ނަބީލާ އިސްމާޢީލް
Aug 31, 2019
1

އެބަޔެގެ ޒިންމާ އެބަޔަކު ރަނގަޅަ އުފުލާނަމަ ދިމާވާ ހިތާމަވެރި ހާދިސާތައް ހިނގުން މަދުވާނެ އެވެ. ތިމާގެ ޒިންމާ އެހެން މީހުންގެ ބޮލައް ބިންދާލައިގެން ހުރުމުގެ ބަދަލުގައި އެކަންތައް ތިމާ އުފުލުމުން ލިބޭ ހިތްހަމަޖެހުން ވެސް އޮންނާނެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމުގައިވެފައިވާއިރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ މައިގަނޑު ވަސީލަތަކަށްވެފައި މި އޮންނަނީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރެވެ. މި އުޅަނދު ފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިން އުފަލަމުން ދަނީ ނުހަނު ޒިންމާދާރު މަސައްކަތެކެވެ. ދަތުރުވެރިން ސަލާމަތުން މަންޒިލާ ހަމައަށް ގެންގޮސްދިނުމަކީ އެފަރާތްތަކުން އުފުލާފައިވާ ބޮޑު ޒިންމާއެކެވެ.

ހަމައެއާއެކު އެ ކެޕްޓަނަކު ދުއްވާ އުޅަނދަކީ ދަތުރުވެރިން އުފުލުމަށް އެކަށީގެންވާ ފެންވަރެއްގައި ނުވަތަ ހާލަތެއްގައި އޮތް އުޅަނދެއްތޯ ބެލުމަކީވެސް ކެޕްޓަނުގެ އިތުރުން ފަޅުވެރިންގެވެސް ޒިންމާއެކެވެ. އަދި އުޅަނދަށް އެކަށީގެންވާ އަދަދެއްގައި މެނުވީ ދަތުރުވެރިން އުފުލިގެން ނުވާނެއެވެ.

އިއްޔެއާއި ހަމައަށް ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތީފިޔަވަޅުތައް (ލައިފް ޖެކެޓް) އެއީ ޝީޓް ދަށުގައި އުރަ ލެއްވިގެން ރީއްޗަކަށް ބޭއްވޭ އެއްޗަކަށް ވެފައި އޮތެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހދ ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ކުރި 10 މިނެޓްގެ ކުރު ދަތުރުގައި 5 މީހެއްގެ ފުރާނަ ގެއްލުމުގެ ހާދިސާއަށް ފަހު މިކަންތަށް ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިކަންތައް އެއްކޮށް އިސްލާހު ކުރުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެވެސް ނުހަނު ބޮޑު ޒިންމާއެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސަރވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދުފަހަރުން ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުންފުރާ މީހުން އުފުލާ ހުރިހާ އުޅަނދެއްގައި ލައިފްޖެކެޓް އެޅުމަށް ހަނދާންކޮށްދޭކަމުގައެވެ. ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ލައިފްޖެކެޓް އަޅާނެ ގޮތް ކިޔާދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ހަމައަށް ފޯރުކޮއްދޭން ވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355