twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުއްޓާއި ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމަކީ މޮޔަ ކަމެއްކަމަށް ވިދާޅުވެ ނަޝީދު ފާޑުވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 31, 2019
26

ކުޅުދުއްފުއްޓާއި ހއ ހޯރަފުށީގައި ސަރުކާރުން ތަރައްގީކުރާ ދެ އެއާޕޯޓާ ބެހޭގޮތުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އެމްޑީޕީން ކުރިއަށްގެންދާ ޒުވާނުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ތަރައްގީ ކުރަން އެކުލަވާލައި ގެންގުޅޭ ތަސައްވަރު ރަނގަޅު ނޫން ކަމަށާއި އެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ކުޅުދުއްފުއްޓާއި ހޯރަފުށީގައި ސަރުކާރުން ތަރައްގީކުރަމުންދާ ދެ އެއާޕޯޓްގެ ނަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ " އެއީ މޮޔަ ކަމެއް" ކަމަށެވެ. ތަރައްގީއަކީ އެއީއެއް ނޫން ކަމަށާއި ތަރައްގީއަކީ ތިމާއަށް އަންނަ ބަދަލެއް ކަމަށެވެ. އެއީ ރަށުގެ އެއްކައިރީގައި އޮންނަ އެއާޕޯޓް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތަރައްގީއަކީ ބޮޑު ހިލަ ބަނދަރެއްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތްކުރަންވީ ހަގީގީ ތަރައްގީ ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހްވެސް އިންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ ވަސީލަތްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ކަޅުބިލަ މަހުގެ މަސްވެރިކަން ރަނގަޅު ކުރެއްވިއްޖެނަމަ ޑީސަލަށްވުރެ ވެސް އަގު ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ގޮނޑުދޮށްތައް ވިއްކައިގެން ބޮޑު އާންމުދަނީއެއް ހޯދިދާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރަން ފެށުމުން އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ އޭރުވެސް ނަޝީދު ވަނީ ދެ ކޮޅު ހައްދަވާފަ އެވެ. ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރަނގަޅު ފެންވަރުގެ ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355