twitterviber whatsapp telegramfacebookyoutube instagram
21st June 2026

ކުމުންދޫ ބަނދަރުގައި އައިސް ޕްލާންޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ނަބީލާ އިސްމާޢީލް
Sep 1, 2019

ހދ. ކުމުންދޫ ބަނދަރުގައި އައިސްޕްލާންޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދުމައް އިއުލާނުކޮށްފި އެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ބަނދަރުގެ ދެކުނު ފަރާތުގައި އައިސްޕްލާންޓެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެކަމަށް 2000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ކުއްޔަށްދެވޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 60 ލާރިކަމަށެވެ.

އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށާއި ބިން ލިބިއްޖެނަމަ އެ ބިން ތަރައްގީކޮށް ވިޔަފާރި ފަށާނެ ތާރިހެއް އަންދާޒާކޮށް ޕްރޮޕޯސަލްގައި ހިމެނުމަށް އެއިދާރާއިން އެދެއެވެ.

އަދި ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާއި ކަންކަމަށް އަހަރަކު ކުރާނެ ކަންތައްތަކާއި ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355