twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅަށް ކައުންސިލްގެ ރައީސްގެ ހޫނު ރައްދެއް!

• ކަޅުބިލަ މަހުގެ މަސްވެރިކަމާއި ގޮނޑުދޮށްތަކުން ރައްޔިތުންނަށް ނަފާ ހޯދައިނުދީ ސަރުކާރުން ތިބެނީ ކީއްވެ ތޯ ސުވާލުކުރެއްވި
• ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީނުކުރެވިގެން އުޅެނީ ކީއްވެ ތޯ ވެސް ސުވާލުކުރެއްވި
• ރައްޔިތުންނަށް ނަފާ ހޯދޭނެ ކަންތައްތައް ނުކޮށް ތިބީ ކީއްވެ؟

އިބްރާހިމް ހަމީދު
Sep 1, 2019
20

ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ރައްދުދެއްވައިފި އެވެ.

ހުޅުމާލޭގައި ކުރިއަށްދާ އެމްޑީޕީ ޒުވާނުންގެ ކޮންފަރެންސްގައި އިއްޔެ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓާއި ހއ ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓަކީ "މޮޔަ ކަމެއް" ކަމަށެވެ. އަދި އެއީ ތަރައްގީ ނޫން ކަމަށާއި ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް ކަމަށް ވިދާޅުވި އެވެ.

މިހެން ވިދާޅުވުމާއެކު ނަޝީދަށްވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ހާއްސަކޮށް ހޯރަފުއްޓާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ދަނީ ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާގައި އަމާޒުވަމުންނެވެ. މިހެން މިކަން ވެފައިވަނިކޮށް ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ނިންމި، ނިންމުން ދިފާއުކުރައްވާ ކައުންސިލްގެ ރައީސް ވާހަކަ ދައްކަވާފަ އެވެ.

ކޭއޯއާ ގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓާއި ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިނުގަންނަކަމަށެވެ.

"ރައީސްކަންކޮށްފައި ހުންނެވި އަދި މަޖިލީހުގެ ރައީސްކަން ކުރައްވާ އަދި ރައްޔިތުންގެ އެހާބޮޑު ތާއީދެއް އޮތް ބޭފުޅެއް ވިދާޅުވާން ވަރަށް ދެރަވަރު ވާހަކައެއް. ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ފަދަގޮތަކަށް އެފަދަ މަގާމެއްގައި ހުރި ބޭފުޅަކު އެދެއްކެވި ވާހަކަފުޅަކީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ވާހަކަފުޅެއް ނޫން." ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވި އެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމާއި ގޮނޑުދޮށްތަކުން ނަފާ ހޯދައިދިނުމަށް ސަރުކާރުން ކުރަނީ ކޮން މަސައްކަތްތަކެއްތޯވެސް ލަތީފް ވަނީ ސުވާލުކޮށްފަ

އެ ކޮންފަރެންސްގައި ރައީސް ނަޝީދު ދެން ފާހަގަކުރެއްވީ ކަޅުބިލަ މަހުގެ ނަފާ ހޯދުމުގެ ވާހަކާގައި މައްޗަށެވެ. އެއަށް އިޝާރާތްކުރައްވަމުން ލަތީފް ވިދާޅުވީ ކަޅުބިލަމަހުގެ މަސްވެރިކަމުން ނަފާ ހޯދުމަކީ މިއަދު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަސައްކަތް ކަމަށެވެ. އަދި ކަޅުބިލަމަހުގެ މަސްވެރިންކަން ކުރުމަށް ސަރުކާރުން މަހުފަހި ނުކޮށްދީ މިހާދުވަހު މިއޮތީ ކީއްވެތޯ އޭނާ ވަނީ ސުވާލުއުފައްދާފަ އެވެ.

"ކަޅުބިލަމަހުގެ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަކީ ރައްޔިތުން އެންމެ ބޭނުންވާކަންކަން އެކަމަކަށް ރައްޔިތުންގެ ހުރަހެއް ނެތް. ސަރުކާރުންމަގުފަހިކޮށްދޭންވީ އޮޑިފަހަރު ބަނދެވޭނެގޮތް ހައްދަވައިދެއްވަންވީ އިންޖީނުއެޅޭނެގޮތް ހައްދަވައިދެއްވަންވީ. އެކަމަކު ކީއްވެގެންބާ މިކަންކަން ނުކޮށްދޭން މިއުޅެނީ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދެން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ ރީތިގޮނޑުތަކާއި ބެހޭގޮތުންނެވެ. އެތަންތަން ބޭނުން ހިފައިގެން ބޮޑު ނަފާއެއް ހޯދިދާނެ ކަމަށެވެ.

"ހދ އަތޮޅުގައި ރަށްތަކެއް ޓޫރިޒަމަށް ދޫކޮށްފައި އޮންނަތާ ފަނަރަ އަހަރަށް ވުރެން ގިނަދުވަސްވެއްޖެ. ހދ . އަތޮޅުގައިވެސް ރީތި ގޮނޑުދޮށްތަކާއި ރަށްތައް އެބަހުރި އެގޮތުން ކުޑަމުރައިދޫ ނާގޯށި އަދި ވައިކަރަމުރައިދޫ ފަދަ ރަށްތައް އެބަހުރި. ހަމައެކަނި ނަމެއްގައި ހޮނޑާފުށި މިހާރު ވަނީ ޓޫރިޒަމަށް ހުޅުވާފަ." ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ހދ. އަތޮޅުގެ އެންމެހާ ރައްޔިތުންނާއި ޒުވާނުން ބޭނުންވޭ ފަތުރުވެރިކަން މިއަތޮޅުގައި އޮންނަން، އެހެންނަމަވެސް ސަރުކާރުތަކުން މިވީހާ ތަނަށް އެކަންކަން ނުކޮށްދެއްވާ އޮތީ ރައްޔިތުން ރީތިގޮނޑުދޮށްތަކުން މަންފާ ހޯދަން ބޭނުން ނުވާތީ ނޫން ކަމަށެވެ.

"ސަރުކާރުން މިވީހާތަނަށް އެކަންކަން ނުކޮށްދެއްވާ އޮތީ ރައްޔިތުން ބޭނުން ނުވާތީއެއް ނޫން. އެކަންކަން ނުކޮށްދެވޭ ހާލަތުގައި ރައްޔިތުންނަށް އެކަންކަން ވިސްނައިދޭން މަސައްކަތްކުރާއިރު ސަރުކާރަށް ރައްޔިތުން ކެނޑިނޭޅިއެދެމުންދާ ކަންތައްތައް މިކަންކޮށްދޭށޭ. ތިމަންނަމެން މިކަން ބޭނުމޭ. ރައްޔިތުން އެދޭ ކަންތައްތައް ބަހަނާއަކަށް ދައްކަވާފައި ރަށުގެ ފަށާފައިވާ ޕްރޮޖެކެޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބަލައިގަނޭވޭނެ ކަމެއްނޫން." އެމްޑީޕީއަށް ނިސްބަތްވާ އަބްދުއްލަތީފް ހަސަން ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަކީ ލޭނުގެ މަސްވެރިކަން ކުރަމުންދިޔަ ބައެއްކަމަށާއި ކުޅުދުއްފުށީގައި ގެސްޓް ހައުސްގެ ވިޔަފާރީވެސް އަދި ނެތް ކަމަށެވެ. އެކަން ތަރައްޤީ ކޮށްދިނުމަށް މާބޮޑު މަސައްކަތެއް ސަރުކާރުން މިހާތަނަށް ކޮށްފައިނުވާ ކަމަށާއި އެފަދަ އެތައްކަމަކުން އަޅުގަނޑުމެންނަށް ވަނީ އިހުމާލުވެފައިވެފައިވާކަމަށް ލަތީފް ފާހަގަކުރެއްވި އެވެ.

ލަތީފް ވިދާޅުވީ ހުޅުމާލެ ފަދަފަދަ ތަންތަނަށް އެގެންނަ ކޮންކްރީޓް ތަރައްޤީ މަސައްކަތް ދޫކޮށްލާ އަތޮޅުތެރެ ތަރައްޤީ ކުރުން މާރަނގަޅުވާނެކަމަށެވެ.

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރަން ފެށުމުން އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ އޭރުވެސް ނަޝީދު ވަނީ ދެ ކޮޅު ހައްދަވާފަ އެވެ. ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރަނގަޅު ފެންވަރުގެ ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355