twitterviber whatsapp telegramfacebookyoutube instagram
21st February 2026

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމަށް ޝުކުރިއްޔާ: ނަޝީދު

Sep 1, 2019

ހދ ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން މަރުވި ހިތާމަވެރި ހާދިސާގައި ހަނިމާދޫ ރައްޔިތުން، ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ބެހެއްޓި ގާތްކަމާއި އެކުވެރިކަމަށްޓަކާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ ޝުކުރުއަދާކުރައްވައިފި އެވެ.

ފަސް މީހުން މަރުވި މި ހާދިސާގައި ލޯންޗު ބަނޑުން ޖަހާލީ ހަނިމާދޫއާ ވަރަށް ގާތްވެފައިވަނިކޮށް ކޮޅިގަނޑެއްގައި ޖެހި އެވެ.

މުހައްމަދު ނަޝީދު އަބުދުﷲ މިދިޔަ ހުކުރުދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޮޅިވަރަންފަރަށް ދިމާވި ހިތާމަވެރި ހާދިސާގައި ނޮޅިވަރަންފަރު ރައްޔިތުންނާއި ހަނިމާދޫ ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މީގެ ފަނަރަ އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައިވެސް ނޮޅިވަރަންފަރަށް އެންމެ ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ލިބިގެންދިޔައީ ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން ކަމަށެވެ.

މިއީ އެއްބައެއް، އެއް އާއިލާއެއްކަން ދައްކަމުން މިހާރެކޭ އެއްގޮތަށް އަބަދުވެސް ކުރިއަށްދާނެ ކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355