twitterviber whatsapp telegramfacebookyoutube instagram
24th May 2025

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ "ސަބް-ބޭސް" ނިންމުމަށް ސިވެކްއަށް

ނަބީލާ އިސްމާޢީލް
Sep 2, 2019

ތިން ރަށެއްގެ އަޅަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގެ "ސަބް-ބޭސް" އެޅުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލުކޮއްފި އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑު އެޅުމުގެ ވައުދުތަކުގެ ތެރެއިން ޅ.ހިންނަވަރުގެ އިތުރުން ނ.ކެނދިކުޅުދޫ އާއި ނ.ހޮޅުދޫގައި އަޅަން ނިންމާފައިވާ ދަނޑުތަކުގެ "ސަބް-ބޭސް" އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓާރ އަހުމަދު މަހުލޫފެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ކާނަލް އަހްމަދު ޒުބައިރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޔޫތް މިނިސްޓަރ ވިދާޅުވީ ތިން ރަށުގައި މި އަޅާތިން ދަނޑުގެ "ސަބް-ބޭސް"އަށް ގާތްގަނޑަކަށްއަށް މިލިއަން ރުފިޔާ ހަރަދުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގާތްގަނޑަކަށް ފެންވަރު ރަނގަޅު ދަނޑުތައް އެޅުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި ސިވެކް ބައިވެރިކުރަން ނިންމި މައިގަނޑު ސަބަބަކީ ކަނޑައެޅާފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމަވާނެކަމަށް ސިވެކުންދެއްވި ޔަގީންކަންކަމަށެވެ.

މި އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ތިން ރަށުގައިވެސް އަޅާ ދަނޑުގެ "ސަބް-ބޭސް" މަސައްކަތް ނިންމާލެވޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާވެސް ބައިވެރިވެވަޑައިގެންނެވިއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355