twitterviber whatsapp telegramfacebookyoutube instagram
21st June 2026

ހދ. އަތޮޅު ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Sep 1, 2019
3

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަބްދުﷲ އައްސަދު ހަމަޖައްސަވައިފިއެވެ.

އޯގަސްޓް 29 ވަނަދުވަހު އައްސަދު މި މަގާމަށް ހަމަޖައްސާފައި މިވަނީ ސިވިލް ސާރވިސް ކޮމިޝަނުން ނެވެ.

ސިވިލް ސާވިސް ކޮމިޝަނުން އައްސަދު މިމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އައްސަދު އެންމެ ފަހުން ހުންނެވީ އުތީމު ކައުންސިލްގެ ޒިންމާދާރުވެރިއެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އައްސަދު ވަނީ ވައިކަރަދޫ ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކޮށްފައެވެ.

އައްސަދަކީ އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އައްސަދު ވަނީ ޕަބްލިކް ހެލްތު އަދި ޕަބްލިކް އެޑިމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވައި ބިޒަނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355