twitterviber whatsapp telegramfacebookyoutube instagram
17th June 2025
ADVERTISEMENT
ޑރ އިޔާޒް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި: ޑރ އިޔާޒު

Sep 2, 2019
2

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައިކަމަށް މައްސޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ.

‎މި ދީނީ ހަރުކަށި ފިކުރު އުފެދުނީ ރައީސް މައުމޫންގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުނގަންނައިނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުންކަމަށް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ. މިއީ ރައީސް ސޯލިހު އިބްރަތް ހާސިލްކުރަން ރަނގަޅު ކަންތައްތަކެއް ކަމަށްވެސް ޑރ. އިޔާޒުވަނީ ވިދާޅުވެފައެވެ.

‎މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާނޫނީ ވަކީލު ހުސްނުއްޝުޢޫދު ވިދާޅުވެފައިވަނީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މަރާލާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތަކުން ކަމަށެވެ. މިއާއެކު އެތައްބަޔަކުވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކަށް ނަފްރަތުކޮށް ފާޑު ކިޔާފައެވެ. އަދި ދީނީ އިލްމުވެރިން މި ހަރުކަށި ފިކުރުގެ ޖަމާއަތާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާތީވެވެސް އެތައްބަޔަކުވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

‎ސުއޫދު އިއްޔެ ވިދާޅުވި ގޮތުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރިވަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގަ އެވެ. އެ ޖަމާއަތުން އެކި ފަހަރުމަތިން މިނިވަން ފިކުރުގެ މީހުންނަށް ފާރަލާފައިވާއިރު، ރިލްވާން ވަގަށް ނެގުމުގެ މަހެއް ކުރިން، ރިލްވާން ވަގަށްނެގުމުގައި ބައިވެރިވެފައިވާ އިސްމާއިލް އަބްދުއްރަހީމް ފާރަލަމުންދާކަން ރިލްވާން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

‎އެ ޖަމާއަތަކީ ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލުމާއި އއ. ހިމަންދޫގެ ދީނީ ހަމަނުޖެހުމުގައި ވެސް ޝާމިލްވާ ބައެއްކަމަށްވެސް ސުއޫދު އިއްޔެ ވިދާޅުވެފައިވެ އެވެ. ‎ޑރ އިޔާޒަކީ ރައީސް ސޯލިހުގެ ވެރިކަން ގެނައުމަށް މަސައްކަތްކުރެއްވި ދީނީ އިލްމުވެރިންގެ ތެރޭގައިވެސް ހިމެނޭ ފަރާތެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com