twitterviber whatsapp telegramfacebookyoutube instagram
24th September 2026

ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ޚަދީޖާ އާދަމް
Sep 3, 2019

ވައިގެމަގުން ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 99 ގުޅަ ފެނިފައިވާއިރު މިތަކެތީގެ ބަރުދަނުގައި 38.16 ގްރާމް ހުރި ކަަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އިއްޔެ ކޮލޮމްބޯއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެކްސްޓަސީއަށް ވަނީ ޕޮސިޓިވް ވެފައެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް 79.200 ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހަވާލުކުރެވި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293