އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބޮޑުތަނުން މަދުވަމުން ދިއުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށާއި މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސް ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޓްލާންޓިކް ކަނޑުގެ މަހުގެ ސްޓޮކަށްވީ ފަދަ ގޮތެއް އިންޑިއާ ކަނޑު މަހުގެ ސްޓޮކަށް ދިމާވެއްޖެ ނަމަ ހުރިހާ ގައުމަކަށް ވެސް އޭގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.
އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބޮޑުތަނުން މަދުވަމުން ދިއުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށާއި މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި މެދުގައި ހިނގާ އިގްތިސޯދީ ހަރަކާތް އެެހެން ބައެއް ސަރަހައްދުތަކާ އަޅާ ބަލާއިރު މަދު ކަމަށެވެ. މި ސަރަހައްދުގައި ވިޔަފާރިތަކަށް ހުރި ދަތިތައް ގައުމުތައް ގުޅިގެން ނައްތާލައިފިނަމަ އެކަމުގެ މަންފާ ހުރިހާ ގައުމަކަށް ކުރާނެ ކަމަށެވެ.
އިއްޔެ ފެށި 2 ދުވަހުގެ މިކޮންފަރެންސް ގައި 35 ގައުމަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި 16 ގައުމުގެ މިނިސްޓަރުންނާއި 10 ގައުމުގެ އިލްމުވެރިން ހިމެނެއެވެ. މި ކޮންފަރެންސް ކުރިއަށް ދަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.