twitterviber whatsapp telegramfacebookyoutube instagram
26th April 2024

70 އަހަރުގެ މުސްކުޅި އަންހެނަކު ދުނިޔެއަށް އެހީވުމަށް 52 ގޮނޑުދޮށް ސާފުކޮށްފި

ނަބީލާ އިސްމާޢީލް
Sep 14, 2019

ޕްލާސްޓިކަކީ މިހާރު ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް ޖެހިފައޮތް އެންމެ ނުރައްކާތެރި ވަބާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ޕުލާސްޓިކުގެ ސަބަބުން ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ދުނިޔޭގެ ދިރުންތަކަށް ލިބެމުންދާ ފަދައިން އިންސާނުންގެ ހަށިގަނޑަށްވެސް ކުރެއެވެ. މިއީ ހަމަ އަހަރެމެން އިންސާނުންގެ އަމަލުތަކުގެ ސަބަބުންވާ ގެއްލުންތަކެކެވެ.

އިންސާނުން ބޭނުންކޮށް އުކާލާ ޕުލާސްޓިކް ރައްކާތެރިގޮތުގައި ނައްތާލުމުގެ ހިތްވަރު އަހަރުމެން އިންސާނުންގެ ގައިގަ ނެތުމުގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންގެ އިތުރުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ވަރަށްވެސް ބޮޑެވެ. ނަމަވެސް ޕްލާސްޓިކް އިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ފަރުދީ ގޮތުންވެސް ކުރެވިދާނެ ކަންތައްތަކެއް ހުރިކަން އިނގިރޭސި ވިލާތުގެ މީހަކު މިވަނީ ދައްކައިދީފައެވެ.

ޔުނައިޓަޑް ކިންގްޑަމްގެ 70 އަހަރުގެ ޕެޓް ސްމިތް ނަމަކަށް ކިޔާ މުސްކުޅި އަންހެނަކު އަޒުމު ކަނޑައެޅީ ކޮންމެ ހަފްތާއަކު 1 ބީޗް ސާފުކުރުމަށެވެ. މި އަންހެން މީހާ އެހެން މީހުންނަށް މި މަސައްކަތް ކުރުމަށްވެސް ނަސޭހަތްތެރިވެ އެވެ. އޭނާގެ މި މަސައްކަތުގައި އޭނާގެ މާމަ ދަރިންވެސް ބައިވެރިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު މީނާ ވަނީ 52 ބީޗް ސާފުކޮށްފަ އެވެ. އަދިވެސް ހިތްވަރު ކުރަމުން ދަނީ މި ދުނިޔެ ސާފުތާހިރު ތަނަކަށް ހެދޭ ތޯއެވެ.

އިޖްތިމާއީ ހަރަކާތެއްގެ ގޮތުން ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު އޭނާ ބީޗްތައް ސާފުކުރެއެވެ. އެ އަންހެންމީހާ އެދެނީ ކޮންމެ މީހެއްގެ ޒިންމާއަކަށް ވެސް އެ މީހަކު ބޭނުންކުރާ އެއްޗެއް ގޮނޑުދޮށްތަކަށް ނާޅައި ސާފުތާހިރު ކަންމަތީ ބެލެހެއްޓުމަށެވެ.

މި އަންހެން މީހާ ވަނީ ދަ ފައިނަލް ސްޓްރޯވ ނަމުގައި ކޭމްޕެއް ވެސް ފަށާފައެވެ. މިކޭމްޕޭންގެ މަގުސަދަކީ ޕުލާސްޓިކުން ލިބޭ ގެއްލުމާއި ބެހޭގޮތުން މައުލޫމަތުދީ ހޭލުންތެރިކުރުވުމެވެ. އޭނާގެ އުންމީދަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355