twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޝުޖޫންއާ އަޒްމިރަލްދާ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި

ޚަދީޖާ އާދަމް
Sep 4, 2019
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މަގާމު ލިޔުން ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއީ ރާއްޖޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން ް އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

ޝުޖޫން އާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް އެންމެ ފުރަތަމަ ރައީސް ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާއަށް އެދިވަޑައިގަތެވެ. ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންގެ ލަފާ ރައީސްއަށް އަރުވަން ޖެހެނީ އެ ކޮމިޝަނުންނެވެ.

އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ ނެގި ވޯޓުން 62 މެންބަރުންގެ އަގުލަބިއްޔާތުންނެވެ. ވޯޓުގައި 64 މެންބަރުން ބައިވެރިވިއިރު ރުހުން ނުދޭން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އަޒްމިރާލްދާ އާއި ޝުޖޫން އައްޔަންކޮށްފައިވަނީ އާ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށެވެ. މިހާރު ވެސް ބެންޗުގެ އެއް މަގާމު ވަނީ ހުސްވެފަ އެވެ. އެއީ ފަނޑިޔާރު އަބްދުﷲ ދީދީ، އެ މަގާމުން މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355