twitterviber whatsapp telegramfacebookyoutube instagram
21st February 2026

ކުޅުދުއްފުށީ އެއާޕޯޓަށް ޑިރެކްޓަރަކު ހޯދަނީ

Sep 5, 2019
3

ކުޅުދުއްފުށީ އެއާޕޯޓަށް ޑިރެކްޓަރެއް ހޯދުމަށް ރީޖަނަލް އެއާޕޯޓްސް އިން އިއުލާންކޮށްފި އެވެ.

ދާދި ފަހުން ހިދުމަތްދޭ ފެށި މި އެއާޕޯޓަށް ޑިރެކްޓަރެއްގެ އިތުރު، އިތުރު ބައެއް މަގާމުތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އެކައުންޓްސް އޮފިސަރަކާއި އެސިސްޓެންޓް ފަޔަރ ފައިޓަރުންވެސް ހޯދަން އިއުލާންކޮށްފައިވެ އެވެ.

އެސިސްޓެންޓް ފަޔަރ ފައިޓަރުގެ މަގާމަށް 4 މީހަކު ހޯދަން އިއުލާންކޮށްފައިވާއިރު އެސިސްޓެންޓް ފަޔަރ ފައިޓަރުގެ ގޮތުގައި ހޯދަން އިއުލާންކޮށްފައިވަނީ އެންމެ ފަރާތެކެވެ.

މިމާގާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ރީޖަނަލް އެއާޕޯޓްސްއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ސެޕްޓެމްބަރ 2019 އާއި 17 އޮކްޓޯބަރުމަހު ކުޅުދުއްފުށީގަ އެވެ. މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މީގެ އިތުރުން ހަނިމާދޫ އެއާޕޯޓަށާއި ފުވައްމުލަކު އެއާޕޯޓްތަކުގެ ބައެއް ވަޒީފާތަކަށްވެސް ވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355