ކުރިއަށްއޮތް ފަސް އަހަރަށް ހއ ހޯރަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާ ރައްޔިތުންގެ ލަފާ ހޯދުމަށް ވޯކްޝޮޕެއް ފަށައިފި އެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ފެށި މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޝަރަފުވެރިކޮށްދެއްވި މި ވޯކްޝޮޕްގައި ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ހިޔާލާއި ލަފާ ހޯދުމަށް ހަމަޖެހިފައި ވެއެވެ.
ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ވޯޓަރ ސޮލިއުޝަން ކުންފުނީގެ ކޮންސަލްޓަންޓް ވިދާޅުވީ ހޯރަފުއްޓަށް އެކަށީގެންވާ ސްޕެޝަލް ޕްލޭނެއް ތައްޔާރުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން ތަޖުރިބާއާ ވަސީލަތްތަކުގެ އަލީގައި މިމަސައްކަތްތައް ކުރަމުންދާކަމަށާއި އަދި ރަށުގެ ޗާޓް ސަރވޭ ކުރުމުގެ މަސައްކަތް ނިމިނިފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މި ވޯކްޝޮޕްގައި ހޯރަފުށީގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު މިފަދަ ވާރކްޝޮޕެއް ހޯރަފުށީގައިވެސް އޮންނާނެއެވެ.