twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހއ އަތޮޅު ކައުންސިލުން އެމްއައިބީގެ ފަނަރަ ހާސް ހިއްސާ ގަނެފި

އަބްދުލް ވާހިދު ޙަސަން
Sep 9, 2019
1

ހއ އަތޮޅު ކައުންސިލުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ 15،000 ހިއްސާ ގަނެފި އެވެ.

ހއ އަތޮޅު ކައުންސިލުން އިސްލާމިކް ބޭންކުގެ ބުރާންޗް މެދުވެރިކޮށް ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން ފަސް ލައްކަ ފަންސަވީސް ހާސް ރުފިޔާގެ ހިއްސާ އެވެ.

ހއ އަތޮޅު ކައުންސިލުން ހިއްސާ ގަތުމަށްޓަކާ މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ ޝަފީގެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަހުމަދެވެ.

ހިއްސާ ގަތުމަށްފަހު ކޭއޯއާ ވާހަކަދައްކަވަމުން ހއ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ނަސީރު ވިދާޅުވީ އެމްއައިބީގެ ހިއްސާގަތީ އެ ބޭންކު ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފަ ކަމަށެވެ. މިކަމުގެ ސަބަބުން ދާއިމީގޮތެއްގައި އަތޮޅު ކައުންސިލަށް މަންފާކުރާނެކަމަށް އުންމީދުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބުރާންޗު މެނޭޖަރު އާދަމް އަހުމަދު ވިދާޅުވީ ހިއްސާގަތުމަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަހުރީބެއް ލިބެމުންދާ ކަމަށާއި މިއީ ބޭންކުގެ ހިއްސާދާރަކަށްވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އިސްލާމިކް ބޭންކުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާއިރު، މިހާތަނަށް އައިއިރު ހިއްސާ ވިއްކުމުގެ ކަންތައްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއައިބީން ވަނީ މައުލޫމާތުދީ އެވެ. އެގޮތުން ގިނަ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން އަންނަނީ ހިއްސާ ގަންނަމުންނެވެ.

އެމްއައިބީއިން އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 697،5000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ ކަމަށް އެ ބޭންކުން މަުއލޫމާތުދެ އެވެ.

ހިއްސާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއްވެސް އެމްއައިބީން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެމްއައިބީގެ ހިއްސާ ގަނެ، އަދި ފައިސާ ދެއްކޭނެ އިްނތިޒާމުތައްވެސް ވަަނީ ހަމަޖައްސާފަ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355