twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެ ގޯތީގެ ބަދަލަށްވާ ފައިސާ ގެތަކުގެ ވެރިންނާ ހަވާލުކޮށްފި

އިބްރާހިމް ހަމީދު
Sep 11, 2019
1

ކުޅުދުއްފުށީ އެއާޕޯޓަށް އަރައި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ އެ ދެ ގޯތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ކުޅުދުއްފުށީ ކޯޓުން ބުނެފި އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ބުނީ ހުކުމްގައިވާ ގޮތަށް ދެ ގޭގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދެ ގޯތީގެ ވެރިފަރާތް ކަމަށްވާ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ، މޫސާ ހަސަންގެ އެކައުންޓަށް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތިންވަނަ ދުވަހު ޖަމާކޮށްދީފައިވާ ކަމަށެވެ.

ކޭއޯއާ ވާހަކަ ދައްކަވަމުން އެ ގެތަކުގެ ވެރިންކަމަށްވާ ޑޭޒީވިލާގެ އަލީ އިސްމާއީލް އާއި ކުލަވަރުގެ މޫސާ ހަސަން ބުނީ ހުކުމާއި އެއްގޮތަށް ގޭގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އިތުރަށް އެ ދެމީހުން ބުނީ ހުކުމްއާއި އެއްގޮތަށް ބަދަލުގެ ފައިސާ ލިބިފައިވީނަމަވެސް 8 މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އިއްޔެއާ ހަމައަށް އަދި ލިބިފައިނުވާ ކަމަށެވެ.

އެއާޕޯޓަށް އަރައި 18 ގޯތީގެ ތެރެއިން ކޯޓުން ކަނޑައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން މިދިޔަ އަހަރު ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ ޑޭޒީވިލާގެ އާއި ކުލަވަރުގެ، ވެރިންނެވެ. އެމައްސަލަ ހައިކޯޓުން ނިންމީ އޭރު ދީފައިވަނީ އަދުލްވެރި ބަދަލެއް ނޫން ކަމަށާއި އެމައްސަލަ އަލުން ބެލުމަށް މިދިޔަ އަހަރު އޮކްޓޯބަރުމަހު ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހައިކޯޓުން އަންގާފަ އެވެ.

އެމައްސަލަ އަލުން ބެލުމަށްފަހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޯގަސްޓްމަހުގެ 8 ވަނަދުވަހު ހުކުމް ކުރީ ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި އެއް މިލިއަން އެއްލައްކަ ހަތްދިހަ އަށްހާސް ތިން ސަތޭކަ އަށާރަ ރުފިޔާ ނުވަދިހަ ހަތް ލާރި ދިނުމަށެވެ. އަދި ކުލަވަރުގެ ބަދަލުގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ފަސްހާ އެއްސަތޭކަ ވިހި ރުފިޔާ ތިރީސް ހަތްލާރި ދިނުމަށެވެ. މި ބަދަލު ދިނުމަށް ކަނޑައެޅީ ޝަރުއީ އަގު ކޮމެޓީން އަގު ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355