twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސެޕްޓެމްބަރ 11 ގެ 9 ގަޑި 11 ގައި ވިހޭ ކުޑަކުއްޖެއްގެ ވާހަކަ

Sep 14, 2019

އެމެރިކާގައި ދެވުނު އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާ ކަމުގައިވާ ސެޕްޓެމްބަރު 11 ގެ ހަމަލާގެ އަހަރީ ދުވަސް މިދިޔަ ބުދަ ދުވަހު އެގައުމުގައި ފާހަގަ ކުރިއިރު، އެމެރިކާގެ އަންހެނަކު ވަނީ އޭނާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު އުފާވެރިކަން ފާހަގަ ކޮށްފައެވެ.

އެމެރިކާގެ ޓެނެއްސީ ސްޓޭޓްގެ ޖާމަންޓައުންގެ ދެމަފިރިއަކަށް ލިބުނު އަލަތު ދަރިފުޅު އެދުވަހު ލިބުނު އިރު، ރިކޯޑް ކުރެވުނު ތަފާސްހިސާބުތަކަކީ އާދަޔާ ހިލާފް ރިކޯޑްތަކެކެވެ. ކްރިސްޓީނާ ބްރައުންގެ ނަން ދެވިފައިވާ ބޭބީ ވިހޭ ދުވަހެއްގެ ގޮތުގައި ސެޕްޓެމްބަރ 11 ރިކޯޑް ކުރެވުނު އިރު، ވިހާފައިވާ ގަޑިކަމުގައި ރިކޯޑް ކުރެވިފައިވަނީ 9 ގަޑި 11 މިނެޓް އެވެ. އަދި ދަރިފުޅުގެ ބަރުދަނުގައި ހުރީ 9 ޕައުންޑު 11 އައުންސެވެ. މިއީ 4.4 ކިލޯ ގްރާމް އެވެ. ކިލޯ ގްރާމްގެ ބަދަލުގައި އެމެރިކާގައި ބަރުދަން މިނުމަށް ބޭނުންކުރަނީ ޕައުންޑާއި އައުންސެވެ.

"ދަރިފުޅު ވިހޭ ގަޑި ޑޮކްޓަރ އިއުލާން ކުރިއިރު އެންމެން ތިބީ ހައިރާން ވެފައި. އަދި އެއަށްވުރެ ބޮޑަށް ހައިރާންވީ ބަރުދަނުގައި ވެސް އެއަދަދު ހުރުމުން." ދަރިފުޅުގެ ބައްޕަ ޖަސްޓިން ބްރައުން ލޯކަލް ނޫސްތަކަށް މައުލޫމާތު ދިނެވެ. "އަހަރެން ވަރަށް އުފާވި. ހާއްސަކޮށް މިކަހަލަ ކަމެއް މެދުވެރިވި ދުވަހެއްގަ މިފަދަ އުފާވެރިކަމެއް ލިބުމުން."

މިކަމާގުޅިގެން ހޮސްޕިޓަލުގެ ސްޓާފުންވެސް ތިބީ ބޮޑު ހައިރާން ކަމެއްގެ ތެރޭގައެވެ. ހޮސްޕިޓަލުގެ އަންހެނުންގެ ކްލިނިކްގެ ހެޑް ބުނެފައިވާ ގޮތުގައި އޭނާގެ 35 އަހަރުގެ ކެރިއާގައި ބޭބީއެއްގެ ވިހޭ ދުވަހާއި ގަޑި އަދި ބަރުދަން މިފަދަ ގޮތަކަށް ދުވަހަކުވެސް ދިމާވެފައެއް ނުވެއެވެ. -- ބީބީސީ --

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355