twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ކުނި އަންދާ އިންސިނެރޭޓަރެއް ބެހެއްޓުމަށް ބަޔަކާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 17, 2019
1

ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ގެންނަ އިންސިނެރޭޓަރު ބަހައްޓަން މެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކު އަދި މާފުށީގައިވެސް އިންސިނެރޭޓަރު ބެހެއްޓުމަށް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންވެސް ބައިވެރިވެލެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން 119 ދުވަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް މި އިންސިނެރޭޓަރު ގެނެސް އިންސްޓޯލްކުރެވިގެންދާނެ އެވެ. މިއީ 2.2 މިލިއަން ރުފިޔާގެ މަޝްރޫއުއެވެ.

މިނިސްޓަރު ވިދާޅުވީ މި އިންސިނެރޭޓަރުތަކަކީ ދުވާލަކު ހަތަރު ޓަނު ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ ގާބިލްކަން ކުރަން މެޝިންތަކެއްކަމަށެވެ.

މިނިސްޓްރީ މިހާރުވެސް ދަނީ ރަށްރަށުގައި ގިނަ ދުވަސްވެފައިހުރި ކުނިތައް ނަގައި އެކުނިތައް ނައްތާލުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަމުންނެވެ.

ކުޅުދުއްފުށީގައި ކުނީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެތަކެއް އަހަރުތަކެއް ވަންދެން ޖަމާކުރަމުންދިޔަ ކުނިތައް މިހާރުވަނީ ގިނަވެ ނައްތާނުލެވިފަ އެވެ. ކުނިތައް ނައްތާލަމުންދަނީ އަންދަމުންކަމަށްވާތީ އެކަމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355