twitterviber whatsapp telegramfacebookyoutube instagram
28th March 2024

ވިމެން އިން ޓެކް މޯލްޑިވްސްއާއި ދިރާގުން ފުވައްމުލަކުގައި "ގަރލްސް ޓު ކޯޑް" ފަށަނީ

Sep 19, 2019

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މިމަހު 22 ވަނަ ދުވަހު 'ގަރލްސް ޓު ކޯޑް' ނަމުގައި ޓްރެއިނިންގ ސީރީޒް އެއް ފުވައްމުލަކުގައި ފެއްޓުމަށް ވަނީ ހަމަޖެހިއްޖެ އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ދެމެދު ވެފައިވާ އެއްބަސް ވުމުގެދަށުން ހިންގާ މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ އަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

"ގަރލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ. މި ޓްރެއިނިންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް ފުވައްމުލަކުގެ ހާފިޒް އަހްމަދު ސްކޫލް، މަދަރަސަތުލް ޝައިޙް މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލަށް ސްކޫލް އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ޕޮރްގްރާމާއި ބެހޭ މައުލޫމާތު ވަނީ ހިއްސާ ކުރެވިފައިވެއެވެ.

އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖު ތަކުން 12 ސެޕްޓެމްބަރ 2019 އިން ފެށިގެން ޕްރޮގްރާމްގައި ރެޖިސްޓްރީ ވުމަށް އޮންލައިން ފޯމް މެދުވެރިކޮށް އެޕްލައި ކުރެވޭގޮތް އިރު 2 މަސް ދުވަހުގެ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 20 ކުދިންނަށް އަމާޒުކޮށްގެން ފައްޓާ މިޕްރޮގްރާމްގެ ޖާގަ ފުރުމުން 22 ސެޕްޓެމްބަރު ގައި ފުވަށްމުލަކުގައި ކޯސް ފެށިގެން ދާނެއެވެ.

"ގަރލްސް ޓު ކޯޑް" ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭވޭނެއެވެ. އަދި ކްލާސްރޫމުގައި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައެވެ.

ދިރާގު ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355