twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަސް އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހުޅުވިގެންދާނެ: ރައީސް

• ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ހަދަންވަނީ ނިންމާފަ
• އައިޖީއެމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރާނަން
• މި 5 އަހަރު އަތޮޅުތެރޭގައި އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހުޅުވޭނެކަމަށް ވިދާޅުވި

އަބްދުލް ވާހިދު ޙަސަން
Sep 19, 2019
4

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 10 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ސޯލިހްގެ ވައުދެކެވެ. އެގޮތުން ފުރަތަމަ މަތީ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލް ފާހަގަކޮށް އެތަންތަން ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ އެއް އަމާޒަކީ ސިއްހީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރު ބޮޑު ބަދަލެއް ސިއްހީ ދާއިރާއިން ފެނިގެންދާނެ. އައިޖީއެމްއެޗަށް ބޮޑު ބަދަލުތަކެއް އައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހުޅުވިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައިޖީއެމްއެޗަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ކެންސަރު ހޮސްޕިޓަލެއްގެ މަސައްކަތް ވަރަށް އަވަހަށް ހުޅުމާލޭގައި ފެށިގެންދާނެ ކަމަށާއި އެއީ މަސައްކަތް ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355