twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖޭގައި ހަރަކާތްތެރިވާ 17 ޓެރެރިސްޓް ޖަމާއަތެއްގެ ނަން ހާމަކޮށްފި

ޚަދީޖާ އާދަމް
Sep 19, 2019
5

ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާ 17 ޖަމާއަތުގެ ގެ ނަންތައް އާންމުކުރަން ނިންމީ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު އެވެ.

ނަން ހާމަ ކުރި ޓެރަރިސްޓް ޖަމާއަތްތަކަކީ:

  • އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
  • އަލް ޤައިދާ
  • ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ޠައިބާ
  • އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
  • އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް/ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  • ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުޙައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
  • ނޭޝަނަލް ތައުޙީދް ޖަމާޢަތް
  • ޖަމާޢަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ

މި އަދަދު ފަހުން އިތުރުވުން ވެސް އަދި މަދުވުންވެސް އެކަށީގެން ވާކަމަށް ރައީސް އިބްރާހިމް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ގައުމީ ސަލާމަތީ މަޖިލީހުގެ ލަފައާ އެކު ރައީސް ކަނޑައަޅުއްވައި ސިފައިން ބަލަހައްޓަމުން ގެންދަން ޖެހޭނެ އެވެ. އެއިން ޖަމާއަތެއްގައި ބައިވެރިވުމަކީ ނުވަތަ މީހުން ވެއްދުމަކީ ނުވަތަ އެއްވެސް އިރުޝާދެއް ދިނުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355