twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޯސްޓަލް ކްލީ އަޕް ޑޭ: މާދަމާ ގޮނޑުދޮށް ސާފުކުރަން އެންމެން ނުކުންނަމާ!

• ކުޅުދުއްފުށީގައި ސާފުކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުމަތި ފަރާތް
• ކުޅުދުއްފުށިން މި ހަރަކާތުގައި މުވައްސަސާތަކުން 500 އަށްވުރެ މީހުން ބައިވެރިވާނެ
• މިހަރަކާތުގައި ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ

އަބްދުލް ވާހިދު ޙަސަން
Sep 20, 2019

ބައިނަލް އަގުވާމީ "ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގުރާމްގައި ކުޅުދުއްފުށީގެ 22 މުވައްސަސާއަކުން ބައިވެރިވެއްޖެ އެވެ.

މިހަރަކާތުގައި ކުޅުދުއްފުށީގައި ހުރި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުން 500 އަށްވުރެ ގިނަ ވޮލަންޓިޔަރުން ސާފުކުރުމަށް ނިކުންނާނެ އެވެ. މީގެ އިތުރުން ކޮންމެ މީހަކަށް ވެސް މިހަރަކާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފަ އެވެ.

މިހަރަކާތް ފެށުމުގެ ގޮތުން ބާއްވާ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 7:00 ޖަހާއިރު އަމީރު އަމީން ސްކޫލް ކައިރީގައި އެވެ.

މިހަރަކާތުގައި ކުޅުދުއްފުށީގެ އާޓިފިޝިއަލް ބީޗް ސަރަހައްދުން ފެށިގެން ފުއްޓަރު ފަރާތް ސާފުކުރެވޭނެކަމަށް މިކަން ކުޅުދުއްފުށީގައި އިންތިޒާމްކުރާ ބިލީފުން މައުލޫމާތުދެ އެވެ. މިހަރަކާތުގައި ހޮވައި ޕްލާސްޓިކްގެ ބާވަތްތައް ރިސައިކަލް ކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕާރލޭއަށެވެ.

ބައިނަލް އަގުވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަހަކީ 21 ސެޕްޓެމްބަރު އެވެ. މިއަހަރުގެ ޝިއާރަކީ "ހާނެސިން ދަ ޕަވަރ އޮފް ޕީޕަލް ޓް ފައިޓް އޯޝަން ޓްރޭޝް" އެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ މިދުވަސް ރާއްޖޭގައި ފާހަގަކުރާ ތިންވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355