twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަލިފާނުގެ ހާދިސާއާ ގުޅިގެން އުރީދޫ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި

Sep 21, 2019
2

ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އުރީދޫ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ގައުމަށް ދިމާވި ހިތާމައިގާ ބައިވެރިވެ އުރީދޫ ނަމްބަރުތަކަށް ކުރާ ކޯލުތަކާއި ވައިބާ އަދި ޓްވިޓާ މިއަދު ހިލޭ ގުޅޭނެ ކަމަށެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އާންމު މައުލޫމާތު ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓާ ބޭނުންކުރުމަށް ވެސް ޑޭޓާ އަށް އެއްވެސް ޗާޖެއް ނުނަގާނެ އެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ތާށިވެ އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ މަރުވެފަ އެވެ.

ރޯވި ގެތަކާއި އަލިފާނާއި ދުމުގެ އަސަރުކުރި ގެތަކުން 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355