twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކުޅުދުއްފުށީ ޔޫތް ސެންޓަރު ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

Sep 22, 2019
1

ކުޅުދުއްފުށީ ޔޫތް ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އެރަށުގައި ނިމި ދިޔަ ސަރުކާރުން ގާއިމުކޮށްފައިވާ ކުޑަ ޔޫތް ސެންޓަރުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ކޮޕެއިންސް އިންވެސްޓްމެންޓްއާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމީލެވެ.

މި އެއްބަސްވުމުގެ ދަށުން އެތަނުގައި މަސައްކަތް ނުނިމި ހުރި ގިމް ރޫމާއި ބެޑްމިންޓަން ހޯލްގެ މަސައްކަތް ނިންމާނެ އެވެ. ތަން އޭސީ ކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ. 8 ލައްކައަށްވުރެ ގިނަ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ސައިޓް ހަވާލުކުރާތާ 30 ދުވަހެވެ.

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި ހެދި މި ޔޫތް ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިނުވާއިރު އެތަނުގެ ބެޑްމިންޓަން ކޯޓް އަންނަނީ ބޭނުންކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355