twitterviber whatsapp telegramfacebookyoutube instagram
16th August 2026

އެމްޓީސީސީއާ 3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 23, 2019

60 ދުވަސް ތެރޭ 3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހުލޫފު ސޮއި ކުރެއްވި އިރު އެމްޓީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީއަށް ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ ގއ ވިލިނގިލި، ސ ހުޅުދޫ އަދި ރ ދުވާފަރުގެ ފުޓްބޯޅަ ދަނޑެވެ.

އަދި މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ކޮންމެ ރަށަކަށް ކަނޑައަޅާފައި ވަނީ 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިމަހު ކުރީކޮޅުވެސް ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355