twitterviber whatsapp telegramfacebookyoutube instagram
28th April 2024

18 ރަށެއްގެ ކައުންސިލަށް ޑިރެކްޓަރުން ހޯދަނީ

ޚަދީޖާ އާދަމް
Sep 24, 2019
1

18 ރަށެއްގެ ކައުންސިލަށް ޑިރެކްޓަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ޑިރެކްޓަރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ހއ ބާރަށް، ހއ ހޯރަފުށި، ހދ ހަނިމާދޫ، ނ ޅޮހި، ނ މަނަދޫ، ނ ވެލިދޫ، ބ އޭދަފުށި، ބ ކިހާދޫ، ބ ފެހެންދޫ، ކ މާފުށި، މ މުލި، މ ކޮޅުފުށި، ލ އިސްދޫ، ތ ވޭމަންޑޫ، އއ ހިމަންދޫ، ގދ. ގައްދޫ، ގއ ކޮނޑޭގެ އިތުރުން އދ. އޮމަދޫ ހިމެނެއެވެ.

މި މަގާމުތަކުގެ ޝަރުތުތަކުގެ ގޮތުގައި އެ ކޮމިޝަނުން ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުށައެޅުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355