twitterviber whatsapp telegramfacebookyoutube instagram
21st June 2026

އިސްލާމް ދީނަށް ފުރައްސާރަ ކުރާ "ޖުހާ" ޕޭޖް ބްލޮކް ކޮށްފި

ނަބީލާ އިސްމާޢީލް
Sep 24, 2019

އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުންތަކާއި ތަސްވީރުތައް ފަތުރަމުން ދިޔަ ފޭސްބުކް ޕޭޖް "ޖުހާ" ބްލޮކް ކޮށްފިއެވެ.

އެ ޕޭޖް ބްލޮކް ކުރީ އެ ޕޭޖްގެ ޝަކުވާ ފުލުހުންނަށް ބަޔަކު ހުށަހެޅުމުން ފުލުހުންގެ އިދާރާ އިން އެ ޕޭޖް ބްލޮކްކުރަން އެންގުމުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެވެ. އެފަދަ ޕޭޖްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފައްދާ މިކަހަލަ ކަންތައްތައް ކުރަން ޖާގައެއް ނުދޭނެކަމަށެވެ. އަދި މިފަދަ ޕޭޖްތައް ބްލޮކް ކުރަމުން ގެންދާނަނެ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖުހާގެ ނަމުގައި ހިންގާ ޕޭޖްގެ ޝަކުވާ އާއްމުން ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެ ޕޭޖް ބްލޮކް ނުކޮށްގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނަމުން އައީ "ލާދީނީ މީހުންނަށް" ފާޑުކިޔާ ޕޭޖްތައް ބްލޮކް ކުރާއިރު ދީނަށް ފުރައްސާރަކުރާ ޕޭޖްތައް ބްލޮކް ނުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355