twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުޅުދުއްފުށީގައި ތިބި އެކަނި ހާލާއިގެން ނޫޅެވޭ 65 އަހަރުން މަތީ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

އިބްރާހިމް ހަމީދު
Sep 24, 2019

އެކަނިހާލާގެ ނޫޅެވޭ 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ އުމުރުން 65 އަހަރުން މަތީ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް އެއްގޮތަކަށްވެސް ތެދުވެ ހިނގާބިނގާވެ ނޫޅޭވޭ މީހުންގެ މައުލޫމާތު ޖެންޑަރ މިނިސްޓްރީން ބޭނުންވާތީ ކުޅުދުއްފުށީގައި މިވަގުތު ތިއްބެވި އެފަދަ ފަރާތްތަކުން 10 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ރަސްމީގަޑީގައި ކައުންސިލް އިދާރާގެ 6528831 ނަމްބަރާއި ގުޅުވައި ނަންނޯޓް ކުރުމަށް ކައުންސިލުން އެދޭކަމަށެވެ.

ކައުންސިލުން ބުނީ ދާންމަތިވެފައިވެފައިވާ ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖްތަމައުއެއް ބިނާކުރުމަށާއި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުމާއި އެމީހުންނަށް އަޅާލުން އިތުރު ކުރުމަށާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން އަށަގެންނެވުމަށްޓަކައި ޖެންޑަރ ފެމެލީ އެންޑް ސޯސަލް ސަރވިސަސް މިނިސްޓްރީން ފަށާފައިވާ "ރަންވޭލާ" ކެމްޕެއިންގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355