twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހަނިމާދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Sep 25, 2019
1

ހަނިމާދޫގެ ބަނދަރު އިތުރަށް ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ އިއްޔެ އެ މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގަ އެވެ.

ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން 355 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖަހާނެ އެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމަންޓް ވެސް ޖަހާނެ އެވެ. އަދި ނެރުބައްތި ޖެހުމާއި ބަނދަރު ބައްތި އަދި 2583 މީޓަރުގެ ޕޭވްމަންޓެއް ވެސް ހަދާނެ އެވެ.

މި މަޝްރޫއުގެ އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމެނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީން ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.

ހަނިމާދޫ ބަނދަރުގެ ބޮޑު ކުރުމުގެ މަސައްކަތަށް 57 މިލިއަން ރުފިޔާ ހަރަދުވާއިރު މަސައްކަތް 425 ދުވަހުން ނިންމަންޖެހެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355