twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހޯޕް ޓްރަވެލްސްގެ ސްޕީޑް ލޯންޗް ދަތުރުތަކަށް މިހާރު ކޭއޯ ޓްރަވެލްސް އިން ޓިކެޓް ލިބޭނެ

ނަބީލާ އިސްމާޢީލް
Sep 26, 2019
1

މާލެ އާއި އުތުރުގެ ރަށްތަކާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ދެމުން އަންނަ ހޯޕް ޓްރެވަލްސްގެ ޕަސެންޖަރ ސޭލްސް އެޖެންޓަކަށް "ކޭއޯ ޓްރެވަލްސް" ހަމަޖައްސައިފި އެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓާއި މަންތާއެއާ އަދި އިތުރު ހަތަރު އެއާލައިންގެ ޓިކެޓް މިހާރުވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސް އިން ބުނީ މިއަދުން ފެށިގެން ހޯޕް ޓްރެވަލްސްގެ ލޯންޗް ފެރީގެ ޓިކެޓް އެތަނުން ވިއްކަން ފަށާފައިވާ ކަމަށެވެ.

މި ލޯންޗް ދަތުރުތައް ކުރަނީ މާލެއިން ފުރައިގެން ނ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި ކުޅުދުއްފުއްޓާއި ހއ ހޯރަފުއްޓާއި ދިއްދޫ އަދި އިހަވަންދޫއާ އަށެވެ. މިގޮތުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހަށް މާލެއިން ތިލަދުންމައްޗަށް ދެވޭއިރު، ހަމަ އެ 2 ދުވަހުގެ މެންދުރުފަހު ތިލަދުންމަތިން މާލެއަށް ދަތުރު ކުރެވޭނެ އެވެ. ހޯމަ އަދި ބުދަ ދުވަހުގައި ތިލަދުންމަތިން މާލެއަށް ދަތުރުތައް އޮންނައިރު، އާދީއްތަ އަދި އަންގާރަ ދުވަހު މާލެއިން ތިލަދުންމައްޗަށް ދަތުރު ކުރެވޭނެ އެވެ.

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް 650 ން 890 ރ ޓިކެޓް ލިބޭ އިރު ނ. އަތޮޅަށް 550ރ އަށް ޓިކެޓް ލިބޭނެއެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ޓިކެޓްގެ އަގަކީ 750 ރުފިޔާއެވެ. ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 4 ގަޑިއިރާއި 15 މިނެޓެވެ. ހޯޕް ޓްރަވެލްސް އިން މައުލޫމާތު ދޭގޮތުގައި 4 ގަޑިއިރު ނުވެ ކުޅުދުއްފުއްޓަށް ދެވޭނެ ފެރީއެއްގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެއެވެ.

  • ށ. އަތޮޅު – 650ރ
  • ކުޅުދުއްފުށި – 750ރ
  • ހއ.އުތީމް – 800ރ
  • ހއ.ދިއްދޫ – 850ރ
  • ހއ.އިހަވަންދޫ – 890ރ
  • ހއ.ހޯރަފުށި – 890ރ
  • ހއ.އުލިގަން – 890ރ
  • ނ. އަތޮޅު – 550ރ

63 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ފެންވަރުގެ މިލޯންޗު ފެރީގައި ހިލޭ އިންޓަނެޓް ލިބޭނެ އެވެ. އަދި ތަފާތު ރިފްރެޝްމަންޓް ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

ކަސްޓަމަރުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ފަސޭހައިން ޓިކެޓް ނެގޭނެ އިންތިޒާމު ކޭއޯ ޓްރަވެލްސް އިން ހަމަޖެހިފައިވެއެވެ. އެގޮތުން ކޭއޯ ޓްރެވަލްސްގެ ވައިބާ ނަމްބަރު 7998355 އަށް މެސެޖްކުރައްވައިގެން ޓިކެޓް ބައްލަވައިގަންނެވޭނެ އެވެ. އަދި ކޭއޯ ޓްރަވެލްސްގެ ފޭސްބުކް ޕޭޖުން މެސެޖް ކޮށްގެންވެސް ބުކިން ހެދިދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޕޭމަންޓް ހަދައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ކޭއޯ ޓްރަވެލްސް އިން ޓިކެޓް ނެގޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންގެ ޓިކެޓްވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސްގެ އިތުރު ފޯނު ނަންބަރު ތަކަކީ 6528355 އަދި 7978355 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355