twitterviber whatsapp telegramfacebookyoutube instagram
21st June 2026

މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ކުޅުދުއްފުށީ ދަރިއެއް ހޯދައިފި

ނަބީލާ އިސްމާޢީލް
Sep 26, 2019
1

މުޙްޔިއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ކުޅުދުއްފުށީ / ކަންމަތީގޭ، އާމިނަތު މަލްދާ ހޮވިއްޖެ އެވެ.

އިއްޔެ ހަވީރު އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ މަލްދާއަށް އިނާމު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

މަލްދާ ވަނީ މިދިޔަ އަހަރު އޯ ލެވެލްގެ ޓޮޕް ޓެން އަދި މުޙްޔިއްދީން ސްކޫލް ޓޮޕް ޓެންގައިވެސް ހިމެނިފައިވުމުގެ އިތުރުން އެކި އެކި މުބާރާތްތަކުގައި ރަން ވަނަތަކެއް ހޯދައިދީފައިވާއިރު އޭނާ ވަނީ މުޙްޔިއްދީން ސްކޫލުގެ ހިއުމަން ރައިޓްސް ކްލަބުގެ ރައީސްކަންވެސް ކޮށްފައެވެ.

މި ދަރިވަރަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޓްރޮފީ ޕީޓީއޭއިން ދެއްވާ ފައިސާގެ އިނާމްގެ އިތުރުން ސްކޫލުން ދޭ ހަނދާނީ ފިލާ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި އޯލެވެލް ޓޮޕް ޓެންގައި ހިމެނުނު އެ ސްކޫލުގެ ދަރިވަރުންނާއި ސްކޫލު ޓޮޕްޓެންގައި ހިމެނުނު ދަރިވަރުންގެ އިތުރުން ސްކޫލުގެ އެކި މުބާރާތް ތަކުގައި ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށް އެވޯޑް ވަނީ ހަވާލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355