twitterviber whatsapp telegramfacebookyoutube instagram
9th August 2026

ހދ އަތޮޅުން ރިސޯޓް ހަދަން ދޫކުރާ ރަށްތައް އަންނަމަހު ރައީސް އިއުލާންކުރައްވާނެ: އަލީ ވަހީދު

އަބްދުލް ވާހިދު ޙަސަން
Sep 28, 2019
2

ފަތުރުވެރިކަން ތަރައްގީކުރުމަށް ހދ އަތޮޅުން އިތުރު ރަށްތަކެއް ދޫކުރުމަށް އަންނަ މަހު އިއުލާންކުރެވޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ޖޮބް ފެއާ ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި މިއަހަރު ފަތުރުވެރިކަމަށް ދޫކުރަން ނިންމާފައިވާ ރަށްތައް ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޮކްޓޯބަރު ތިންވަނަ ދުވަހު ބާއްވާ އެ ރަސްމިއްޔާތަކީ މަޖިލިސް މެމްބަރުން އެންމެ އިންތިޒާރުކުރާނެ ދުވަސްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް ހދ އަތޮޅުގެ މެމްބަރުން ވަރަށް އިންތިޒާރުކުރާނެ ދުވަހެއް ކަމަށެވެ.

އެންމެ ރިސޯޓެއް އޮޕަރޭޓްކުރާ ހދ އަތޮޅަކީ އާބާދީ ދެވަނައަށް އެންމެ ބޮޑު އަތޮޅު ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 47 އަހަރުވެގެންދިޔައިރު އެކަމުގެ ނަފާ އެންމެ ކުޑަ އަތޮޅެވެ. ފަތުރުވެރިކަން ތަރައްގީކުރަން ބައެއް ރަށްތައް ދޫކޮށްފައިވާތާ 10 އަހަރުވެގެންދިޔައިރުވެސް އެ ރަށްތައްވަނީ ނުހުޅުވި އެވެ.

ފަތުރުވެރިކަން ހދ އަތޮޅަށް ގެނައުމަށްޓަކާ އަތޮޅަށް ނިސްބަތްވާ މެމްބަރުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355