twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ ގެ ރައްޔިތުން ފަތުރުވެރިކަމުގައި ދެކެމުން އައި ހުވަފެނުގައި މިސަރުކާރުން ކުލަ ޖައްސައިދޭނެކަން ޔަގީން: އާތިފް

އަބްދުލް ވާހިދު ޙަސަން
Sep 28, 2019
2

ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެފައި އޮތުމަށް އެއަތޮޅުގެ ރައްޔިތުން ދެއްކެމުންދާ ހުވަފެނުގައި މިސަރުކާރުން ކުލަ ޖައްސައިދޭނެކަމާމެދު ޝައްކު ނުކުރައްވާކަމުގައި ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް މިހެން ވިދާޅުވެފައިމިވަނީ ހދ އަތޮޅުގައި ރިސޯޓް ހަދަން ދޫކުރަން ހަމަޖެހިފައިވާ ރަށްތައް އޮކްޓޯބަރު ތިންވަނަ ދުވަހު އިއުލާންކުރައްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެފައިވަނިކޮންނެވެ.

ޓޫރިޒަމް ޖޮބް ފެއާ ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ހދ އަތޮޅުގެ ރަށްތަކެއް ފަތުރުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެރަށްތައް އިއުލާންކުރައްވާނީ އަންނަ އޮކްޓޯބަރުމަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

ޓޫރިޒަމް ދުވަހާ ގުޅުވައިގެން އާތިފް މިއަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ފޮނިމީރުކަމުން ހދ އަތޮޅަށް ވަނީ ނުލިބި ކަމަށާ ވޭތުވެދިޔަ 47 އަހަރު އެކަން އޮތީ ކުލައެއްނުވާ ހުވަފެނެއްގެ ގޮތުގައިކަމަށެވެ.

އެކަމަކު ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ޒަމާއަތުގައި މިނިސްޓަރު އަލީ ވަހީދު ހދ އަތޮޅުގެ ރައްޔިތުންގެ އެ ހުވަފެނުގައި ކުލަ ޖައްސައިދެއްވާނެކަމާމެދު ޝައްކުނުކުރައްވާކަމަށް އާތިފް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 47 އަހަރުވެގެންދިޔަ އިރު ހދ އަތޮޅަކީ ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބިވާ އަތޮޅެވެ. 2006 ވަނަ އަހަރުން ފެށިގެން ރިސޯޓް ތަރައްގީކުރުމަށް ހދ ގެ ރަށްތަކަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355