twitterviber whatsapp telegramfacebookyoutube instagram
21st September 2026

އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ނޮޅިވަރަމާއި ކުޅުދުއްފުށި އަދި ނޮޅިވަރަންފަރު

އަބްދުލް ވާހިދު ޙަސަން
Sep 29, 2019

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތުގެ ފައިނަލަށް ކުޅުދުއްފުށީ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް ދަތުރުކޮށްފި އެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8 ޖަހާއިރު ކުޅޭ ފިރިހެން ޑިވިޒަންގެ ފައިނަލް މެޗްގައި ބައްްދަލު ކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމާއި ނޮޅިވަރަމެވެ.

މިމުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. އަދި ކުޅުދުއްފުށި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ހަނިމާދޫއާ ބައްދަލުކޮށް 3-1 ސެޓުން ބަލި ކުރުމަށްފަހުގައެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލަށް ކުޅުދުއްފުށި އަދި ނޮޅިވަރަން ދިޔައީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ފިރިހެން ޑިވިޒަންގައި ދެންވާދަކުރީ ވައިކަރަދޫ ވިއެސް އަދި ފިނޭ އެވެ.

2019 ސެޕްޓެމްބަރ 20 އިން 29 އަށް ކުރިއަށްދާ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަންގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293