twitterviber whatsapp telegramfacebookyoutube instagram
13th June 2025
ADVERTISEMENT

މެލޭސިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދަނީ

ނަބީލާ އިސްމާޢީލް
Sep 29, 2019
1

ރާއްޖޭގެ ޑްރައިވިންގ ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭ ގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ އާއި ރާއްޖޭގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މަޝްވަރާ ކުރައްވައިފި އެވެ.

ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ އައިކާއޯ ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާއަށް ފަހު ވަރަށް އަވަހަށް ދެގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައިވެސް ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި މެލޭޝިއަން އޭވިއޭޝަން އެކަޑެމީ ގައި އޭޓީސީ ޓްރެއިނިންގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ހޯއްދަވައި ދެއްވާނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއާއި އެއްގަމު ދަތުރު ފަތުރާ ގުޅޭ ގޮތުން އިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com