twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި އޯލެވެލް އިމްތިހާނުގައި 137 ދަރިވަރުން ބައިވެރިވި

އިބްރާހިމް ހަމީދު
Sep 30, 2019
1

މުޅި ރާއްޖޭގައި އިއްްޔެ ފެށުނު އޯލެވެލް އިމްތިހާނުގައި ކުޅުދުއްފުށިން 137 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެފައިވާކަމަށް ކުޅުދުއްފުށީ ދެ ސްކޫލުން ބުނެފި އެވެ.

އެގޮތުން އަފީފުއްދީން ސްކޫލުން ބުނީ މިއަހަރު އެސްކޫލުން އޯލެވެލް އިމްތިހާނުގައި 27 ފިރިހެން އަދި 19 އަންހެން ދަރިވަރުންނާއެކު ޖުމްލަ 46 ދަރިވަރުން އޯލެވެލްގައި ބައިވެރިވެފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ބުނީ މިއަހަރު އޯލެވެލް އިމްތިހާނުގައި 91 ދަރިވަރުން ބައިވެރިވެފައިވާއިރު އޭލެވެލްގައި 49 ދަރިވަރަކު ބައިވެރިވާނެކަމަށެވެ.

އިމްތިހާނު ފެށުމުގެ ގޮތުން އިއްޔެއާއި މިއަދު ކުރިއަށްދިޔައީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެހި އަދި އިސްލާމް މާއްދާ އެވެ.

އޯލެވެލް އިމްތިހާނު އިއްޔެ މުޅިރާއްޖޭގައި ފެށިފައިވާއިރު އޮކްޓޫބަރު 6 ވަނަދުވަހުން ފެށިގެން އޭލެވެލް އިމްތިހާނުވެސް ހެދުމަށްވަނީ ހަމަޖެހިފަ އެވެ. މި ދެ އިމްތިހާނު ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޯލެވެލްއާއި އައިޖީއެސްއީ އިމްތިހާން މުޅިރާއްޖޭގައި ކުރިއަށްދާނެ އެވެ.

މިއަހަރު މުޅިރާއްޖޭގެ ސްކޫލުތަކުން ގިނައަދަދެއްގެ ދަރިވަރުން އެ އިމްތިހާންތަކުގައި ބައިވެރިވެފައިވާ އިރު އަމިއްލަ ސެންޓަރުތަކުންނާއި ބައެއް އެހެނިހެން ތަންތަނުވެސް އެއިމްތިހާންތަކުގައި ކުދިން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355