twitterviber whatsapp telegramfacebookyoutube instagram
24th May 2025

ނަރުދޫ، މާއުނގޫދޫ އަދި ޅޮހީގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Sep 30, 2019

އިންސާނީ އަސާސީ ހިދުމަތްތަކެއް ކަމަށްވާ ފެނާއި ނަރުދަމާގެ ހިދުމަތް ށ.ނަރުދޫ އާއި އެއަތޮޅު މާއުނގޫދޫ ގެ އިތުރުން ނ. ޅޮހީގައި ގާއިމު ކުރުމަށް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިޔާތުގައި ޕްލޭނިން މިނިސްޓްރީ އާއި ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ނ.ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ނަރުދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް 25,540,674.44 ރުފިޔާ ހަރަދުވާނެ ކަމަށާއި މާއުނގޫދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24,960,092.94 ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24,948,937.34 ރުފިޔާ ހަރަދުވާނެ ކަމަށާއި ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމު ކުރުމަށް 16,012,607.87 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 77 މަޝްރޫއެއް އަލަށް ފަަށައިގެން ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 20 ރަށެއްގެ ކޮންޓްރެކްޓް ހަވާލުކުރައްވާފައިވާ ކަމަށާއި އިތުރު 14 ރަށެއް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަދުވެގެން 20 ރަށުގެ އަމަލީ މަސައްކަތް ނޮވެންބަރުގައި ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355