twitterviber whatsapp telegramfacebookyoutube instagram
12th December 2025

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ބަހުސް މުބާރާތް 2011 ފެށިއްޖެ

May 2, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ގައި ހުންނަ ހދ. އަތޮޅު  ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ބަހުސް މުބާރާތް މިރޭ އެސްކޫލު ހޯލްގައި ފަށައިފިއެވެ.

ތައުލީމީ މަރުކަޒުގެ  ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ޝަރަފްވެރި ކޮށްދެއްވާ މިމުބާރާތަކީ އެސްކޫލުގެ ކިޔަވާ ކުދިންގެ ގުޅުމުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މެއިމަހުގެ02 އިން05 އަކަށް ކުރިއަށްދާނެ ކަމަށް މަޢުލޫމަތު ލިބެއެވެ.

މިމުބާރާތް އިންތިޒާމް ކުރާ ކޮމިޓީގެ އޮފިޝަލް އައިޝަތު އާދަމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެ ސްކޫލުގައި އޮންނަ މާކަރީ، ވީނަސް، ޕްލޫޓޯ، އަދި މާރސް ހިމެނޭގޮތަށް ހަތަރު ހައުސްގެ މެދުގައި ކުރިއަށްދާ މުބާރާތެއްކަމަށާއި މިރޭ ކުރިއަށް ދަނީ ދެބަހުސެއްކަމަށާއި ބުރާސްފަތި ދުވަހުގެރޭ ތިންވަނަ ހޮވާ ބަހުސާއި ފައިނަލް ބަހުސް ކުރިއަށްދާނެކަމަށެވެ

މެއިމަހުގެ 02 އިން 05 އަކަށް ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ގުރޭޑް 5 ، 6 އަދި 7 ގެ ކުދިން ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.

މިކަހަލަ ބަހުސް މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުޞަދަކީ ކިޔަވާ ކުދިންގެ މެދުގައި ބަހުސް ކުރުމުގެ ހުނަރު އަށަގެންނެވުމާއި ކުދިން އަދަބީ ކަންތައްތަކުގައި ބައިވެރިކުރުވުން ކަމަށް ސްކޫލު ޓީޗަރުން ފަނޑިޔާރުކަން ކޮށްދެއްވާ މިބަހުސް އިންތިޒާމް ކުރާ ކޮމިޓީން މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355