twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހިތުގެ ބަލީގެ އަލާމާތްތަކަށް ފަރުވާކުޑަ ނުކުރޭ

ޚަދީޖާ އާދަމް
Oct 3, 2019
1

ހިތުގެ ބަލިތަކަކީ މި ކުޑަ މުޖުތަމައުގައިވެސް ކަންބޮޑުވާ މިންވަރަށް ގިނަވެފައިވާ ސިއްހީ މައްސަލައެކެވެ. ގިނަ ފަހަރު ހިތުގެ ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް އެކަންކަމަށް ފަރުވާކުޑަކޮށްލެވޭ ފަރަހުވެސް މަދެއްނޫނެވެ.

އެހެންނަމަވެސް ހީއެއްގެ މައްޗަށް އެފަދަ އަލާމާތްތަަކަށް ފަރުވާ ކުޑަނުކޮށް ވީހާވެސް އަވަހަށް ފިޔަވަޅު އެޅިއްޖެނަމަ ތިމާގެ ފުރާނަ ސަލާމަތްކުރެވި ދާނެއެވެ.

އެގޮތުން މިފަދަ ކަމެއް ދިމާވާނަަމަ ހިތުގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާކަމެކެވެ.

މޭގައި ރިހުން/ މެއަށް އުނދަގުވުން:

މިއީ ހިތުގެ މައްސަލައެއް ހުންނަނަމަ އެންމެ އާންމުކޮށް ފެންނާނެ އަލާމާތެވެ. ނާރެއް ބެދުމުން ނުވަތަ ހާޓް އެޓޭކެއް ޖެހެން އުޅޭނަމަ މިގޮތަށް މޭގައި ރިހުން އެކަށީގެންވެއެވެ. ރިހުން ނުފިލާ ގިނައިރު ހުންނަނަމަ ނުވަތަ އާންމުކޮށް މެއަށް އުނދަގުވެފައި ހުންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ.

މިގޮތަށްވާނަމަ އަވަހަށް ވަރުބަލިވެ ކުރިން އެއްވެސް އުނދަގުލެއްނެތި ކުރާ މަސައްކަތްތައް ނުވަތަ ކުޅޭ ކުޅިވަރުތަކުގައި އުޅޭއިރު މިހާ ނޭވާ ކުރުވެއެވެ.

ހަށިގަނޑުގެ އެހެން ހިސާބުތަކަށް އުނދަގުވުން

މެއަށް އުނދަގުވުމުގެ އިތުރުން އަތް، މޫނުގެ ކޯ ނުވަތަ ދަތްދޮޅި، ކަރު އަދި ބުރަކައްޓަށް ތަދުވެގެ އައްސިވެ ކުއްލި ކުއްލިއަށް ދަތުވާނަމަ ހިތުގެ މައްސަލައަކަށްވުން އެކަށީގެން ވެއެވެ. ގިނަ ފަހަރު ފުރަތަމަ ތަދު އަރަނީ މެއަށެވެ. އެއަށްފަހު ހަށިގަނޑުގެ އެކި ހިސާބުތަކަށް ތަދު ދެމިގެންދެއެވެ.

ގުގުރިދެމުން

ގުގުރިދެމުމަކީ ވެސް ހިތުގެ މައްސަލަ ހުންނަ ކަމުގެ އަލާމާތެކެވެ. ބާރަށް ގުގުރިދެމޭނަމަ ކޮށިއެރުންފަދަ ކަމެއް ދިމާވުން އެކަށީގެން ވެއެވެ. އަދި ގުގުރު ދަމާނަމަ މިއީ ސްލީޕް އެޕްނީއާގެވެސް އަލާމާތެވެ. ސްލީމް އެޕްނިއާގެ ސަބަބުން ތިމާގެ ނޭވާ އެތައްފަހަރަކު ނިދާފަ އޮންނަ ވަގުތު ހުއްޓެއެވެ. އެކަމުގެ ސަބަބުން ނިދާފައި އޮންނަ ވަގުތުވެސް ހިތަށް އަރާމެއް ނުލިބި އިތުރަށް ހިތުގެ ބަލިތަކަށް މަގުފަހިކުރުވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355