ރ. އުނގޫފާރުގައި ބުޅާ ގިނަވެ ބުޅަލުގެ އުނދަގޫ ބޮޑުވާތީ ބުޅާ މަރާ މީހުންނަށް ފައިސާގެ އިނާމް ދޭން އެ ރަށު ކައުންސިލުން ކުރި އިއުލާނަށް ފާޑުކިއުން އަމާޒުވުމުން އެ ނިންމުން އެ ކައުންސިލުން ބާތިލުކޮށްފިއެވެ.
އުނގޫފާރު ކައުންސިލުން ވަނީ މެރުމަށް ފަހު އެ ކައުންސިލާ ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100ރ ގެ ފައިސާގެ އިނާމެއް ދޭން އިއުލާންކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކައުންސިލަށް އަމާޒުވި އެވެ. އެ އިއުލާން ބާތިލްކޮށް މިރޭ އެ ކައުންސިލުން ނެރުނު ގަރާރުގައިވަނީ އެ ނިންމުން ބާތިލްކުރީ ރައީސް އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ
މީޑިއާތަށް ބުނާ ގޮތުގައި އުނގޫފާރު ކައުންސިިލުންގެ އެ ނިންމުން ބާތިލް ކުރިއިރު އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ އެކަން ހުއްޓާލަން އެ ކައުންސިލަށް އަންގައިފަ އެވެ.