twitterviber whatsapp telegramfacebookyoutube instagram
18th April 2024

މަތީ ތައުލީމަށް ދޫކުރާލޯނުގެ އިންޓްރެސްޓް ކުޑަ ކުރަނީ

ޚަދީޖާ އާދަމް
Oct 3, 2019

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަކުރަން ނިންމައިފި އެވެ.

އެގޮތުން ލޯނުގެ އިންޓަރެސްޓް ކުޑަކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ރޭ އިފްތިތާހުކޮށްދެއްވި ސަރުކާރުގެ އެކްޝަން ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

އެ ޕްލޭނުގައި މަތީ ތައުލީމާ ގުޅޭ ދާއިރާގައި ބުނެފައިވާ ގޮތުން ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީގެ އިންޓްރެސްޓަށް އަރާ އަދަދު 2021 ވަނަ އަހަރުގެ ކުރިން އެއް ޕަސެންޓަށް ކުޑަކުރާނެ އެވެ. މީގެ ކުރިން މަތީ ތައުލީމުގެ ލޯން ދޫކުރީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިދިޔަ އަހަރު ފަހުކޮޅު ވަނީ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކަން ލިބޭ މުއްދަތު 25 ޕަސެންޓަށް އިތުރުކޮށްފަ އެވެ. އެ ޕްލޭނުގައިވާ ގޮތުން 2023 ވަނަ އަހަރު އަންނަންވާއިރަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު މަދުވެގެން 25،000 ދަރިވަރުންނަށް ފޯރުކޮށްދެވޭނެ އެވެ. މަތީ ތައުލީމުގެ ސްކޮލަޝިޕް، 2023 ވަނަ އަހަރު އަންނަންވާއިރަށް 1000 ދަރިވަރުންނަށް އަދި 2023 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން މަދުވެގެން 2500 ދަރިވަރުންނަށް ލޯނު ދިނުން ހިމެނެ އެވެ.

މި ޕްލޭން ހަދާފައިވަނީ ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ކަމަށްވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމަށެވެ.

މި ފަސް ބައިން ޖުމްލަ 33 ދާއިރާއަކުން މި ފަސް އަހަރު ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. ކޮންމެ ކަމެއް ނިންމަން ކަނޑައަޅާ މުއްދަތުތައް ވެސް ވަކިވަކިން އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355