އެ ސްކޫލުން ދެކޭގޮތުގައި ޓީޗަރުންގެ ދުވަހުގެ ގޮތުގައި ވަކިން ހާއްސަ ދުވަހެއް ކަނޑައަޅައި އަގުވަޒަން ކުރުމަކީ އޮންނަށް ކަމެއް ނޫނެވެ. އަދި ބެލެނިވެރިންގެ ފަރާތުން ސްކޫލުން އެދެނީ ދަރިވަރުންގެ ކިޔެވުމަށާއި ކުރިއެރުމަށް ކުރާ ކަންތައްތަކުގެ އެއްބާރުލުން ދިނުމަކަށް އަމީރު އަމީން ސްކޫލުން ހާމަކޮށްފި އެވެ.
ޓީޗަރުން ދުވަހުގެ ހަރަކާތްތައް ރާއްޖޭގެ ސްކޫލުތަކުގައި މިއަދު ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. މިދުވަހާ ގުޅުވައިގެން ޓީޗަރުންނަށް ތަފާތު ހަދިޔާ އާއި ކާޑް ފަދަ ތަކެތި ދަރިވަރުން ލައްވައި ހަދައިގެން ޓީޗަރުންނަށް ދެ އެވެ.
ނަމަވެސް، އަމީރު އަމީން ސްކޫލުންގެ ވިސްނުން މިއަހަރު ތަފާތެވެ. ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އެ ސްކޫލުން ކުރި ޕޯސްޓްގައި ބުނެފައިވަނީ އެ ސްކޫލުގައި މިފަހަރު ވަކި ދުވަހެއް ކަނޑައަޅައި ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވުމުން އެއްވެސް ބާވަތެއްގެ ހަދިޔާ ސްކޫލަށް ނުގެނައުމަށް އެދިފައިވެ އެވެ.
ކުޅުދުއްފުށީގައި ހުންނަ ޕްލޭ ސްކޫލެއްކަމަށްވާ އަމީރު އަމީން ސްކޫލުން ކޮށްފައިވާ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ސްކޫލުން ދެކޭގޮތުގައި ޓީޗަރުންގެ ދުވަހަކީ ވަކި ދުވަހެއް ކަނޑައަޅައި ޓިޗަރުންގެ އަގުވަޒަން ކުރަން އޮންނަ ކަމެއް ނޫނެވެ. ދަރިވަރުން ހިތްތަކުގައި ޓީޗަރުންގެ މައްޗަށް ލޯބި ޖެއްސުމުގެ ގޮތުން ވަކި އެންމެ ދުވަހެއްގައި ކާޑު ފަދަ އެއްޗެހި ހަދައިގެން ގެނައުމުގެ ބަދަލުގައި ކުދިންގެ ފަރާތުން ބުނެލާ ބަހަކީ އޭގައި މާބަރުދަން ހުރި އެއްޗެއްގެ ގޮތުގައި ސްކޫލުން ދެކޭކަމަށެވެ.
"ބެލެނިވެރިންގެ ފަރާތުން އެދެނީ ދަރިވަރުން ކިޔެވުމަށާއި ކުރިއެރުމަށް ސްކޫލުން ކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށްށެވެ. އަދި ހިތްހެޔޮކަމާއި ލޯއްބެވެ." އަމީރު އަމީން ސްކޫލުގެ ޕޯސްޓްގައިވެ އެވެ.
ސްކޫލުން ބުނީ މިހާރުވެސް ބެލެނިވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.