twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުލިގަމު ސިޓީ ހޮޓަލާއި ނާގޯށީގެ މަސައްކަތް އަލުން ފަށާނެކަމުގެ ޔަގީންކަން ދެން: އަލީ ވަހީދު

އަބްދުލް ވާހިދު ޙަސަން
Oct 4, 2019
1

ރިސޯޓް ހަދަން ދޫކޮށް މަސައްކަތް ހުއްޓިފައިވާ ހދ ނާގޮއްޓާއި، އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް އަލުން މިސަރުކާރުން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގައި އޮންނަ އެންމެ ރީތީ، ބޮޑު ނާގޯށީގައި ރިސޯޓް ހަދަން ދޫކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި އެވެ. އަދި ހއ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް 36 ހެކްޓަރުގެ ބޮޑު ބިމެއް ދީފައިވަނީ 2007 ވަނަ އަހަރު އެވެ. އެ މަޝްރޫއުތައް ފެށުނު ނަމަވެސް ތަފާތުއެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ އުލިގަމުގެ އެސިސްމެންޓް ނިމުމަކާ ގާތްވެފައިވާ ކަމަށާއި އުލިގަމު ހުއްޓިފައިވާ އޮތް އޮތުން ނިމުމުކަން ގެންނާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަނީ އުލިގަމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ އިއުލާންކުރެވޭ ވަރުވާނެއޭ. އިރާދަކުރެއްވިއްޔާ އުލިގަމު ހުއްޓިފައެއް ނޯނާނެ." އަލީ ވަހީދު ވިދާޅުވި އެވެ.

ނާގޯށީގެ ވާހަކައަށް އަލިއަޅުވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެމްޓީޑީސީގައި ކުރިން އޮތް ފަސް ރަށް އަނބުރާ އަތުލުމަށްފަހު، އޭގެ ދަރަނި ނާގޯއްޓާއި އަޅުވާފައި އެބައޮތް ކަމަށެވެ. އޭގެ ސަބަބުން ނާގޯށީ ނަގާނެ މީހަކުވެސް ނެތް ކަމަށާއި ނާގޯށި އޮތީ "އަނިޔާވެރިކަމެއްގެ" ތެރޭގައި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިސަރުކާރުން ނާގޯށީގެ މައްސަލަ ހައްލުކޮށް އެމަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ. އެއީ ހދ އަތޮޅުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ރަށެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ނާގޯށީގެ މަސައްކަތް ފަށާނެކަމުގެ ޔަގީންކަން ދެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓް ހަދަން ހުޅުވާލައި ރަށްތަކުގެ ތެރޭގައި ހއ އަތޮޅާއި ހދ އަދި ނ އަތޮޅުގެ ރަށްތައްވެސް ހިމެނޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355