twitterviber whatsapp telegramfacebookyoutube instagram
31st March 2026

ސައިކަލު ކަހާލައިގެން ވެއްޓި މެމްބަރު ޔާސިރަށް އަނިޔާވެއްޖެ

Oct 5, 2019
4

ސައިކަލު ކަހާލައިގެން ވެއްޓި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ބުނީ ރޭ ދަންވަރު ހިނގި އެ އެކްސިޓެންޓްގައި ޔާސިރުގެ މެޔަށް އަނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 1 ޖަހާއެހާއިރު މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީގައި ސައިކަލު ކަހާލައިގެން ވެއްޓި އެވެ. އެވަގުތަކީ ވާރޭވެހެމުންދިޔަ ވަގުތެވެ.

ސައިކަލް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލް ކޮންޓްރޯލް ނުކުރެވި ޔާސިރު ގައިގައި ޖެހި އެކްސިޑެންޓްވެ އަނިޔާވީ ކަމަށެވެ.

ޔާސިރަށް މިހާރު ފަރުވާދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355