twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޓީޗަރުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަވަކީ ވަޒީފާއަށް ގެނުވާ ދެމެހެއްޓުމަށް އޮތް ގޮންޖެހުމެއް: މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
Oct 5, 2019

މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަވުމުން އެ މީހުން ވަޒީފާއަށް ގެނުވާ ދެމެހެއްޓުންވެފައިވަނީ ގޮންޖެހުމަކަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ހިތާބުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ހަރަކާތްތެރި މުދައްރިސުންގެ އާ ޖީލެއް ނުއުފެދޭނެކަމަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބިގަތުމަށް އެތައް ކުދީންނެއްގެ މުސްތަގުބަލުގައި މަހްރޫމުވާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގައިވެސް ވަޒީފާ ދޫކޮށްލައި މުދައްރިސުންގެ ނިސްބަތް އިތުރުވެފައިވާކަމަށާއި މިހެން ދިމާވާން އެކަމަނާ ވިދާޅުވާގޮތުގައި ދެ ސަބަބެއް މެދުވެރިވެރިވެ އެވެ. އެގޮތުން ކުރިމަގު އުޖާލާކަން ނުފެނުމާއި ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުމުންނެވެ.

"އަދި މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ރެފިއުޖީންނާއި ގިނަ ބަސް ދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަމެ."ވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި މަދުވެގެން އެއް ޓީޗަރަކާއި ބައްދަލުވެފައިވާނޭ ކަމަށާއި އެއީ އޭގެ ތެރެއިން ބައެއް ފަރާތްތަކުން ކުރިއަރައި ދިޔަ ސަބަބުކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މުދައްރިސްކަމަކީ އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި މުދައްރިސަކަށް ހައްގު ޝުކުރުއަދާކުރުމަކީ އަދި އެދެވޭ އުޖޫރައެއް ދިނުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެއަށް ވުރެ އެމީހުންގެ މަސައްކަތް ބުރަ އެވެ. ޤުރުބާނީ މަތިވެރި އެވެ." މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355