މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އިސްލާމްދީނަށް ފުރައްސާރަކޮށް، ނެރުނު ރިޕޯޓް ކުށްވެރިކޮށް ހދ ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
އެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓަކީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާ މެދު ޝައްކު އުފައްދާ ނެރެފައިވާ ރިޕޯޓެއްކަމަށެވެ.
މީގެ އިތުރުން ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާުލު އުފައްދާ މާތް ނަބިއްޔާ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށްހިތާ އެ ރިޕޯޓުގައި ހިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި އަދި ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ ދަރަޖައަކަށް ދިއުމަކީ ހިތާމަ ކުރާކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މި އަމަލަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 1/2003 ޖަމިއްޔާތަކާއި ބެގޭ ގާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 6/94 ދިވެހި ރައްޔިތުންގެ ދީނީއެއްބައިވަންތަކަން ހިމާޔަތް ކުރުމަގެ ގާނޫނުގެ 4 ވަަނަ މާއްދާ އަދި ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ އާއި ހިލާފު އަމަލަކަށް ވީހިނދު މިކުށަށް މި މައްސަލަގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކަށް ދައުވާ އުފުލުމަށް ވެސް ވަނީ ބަޔާނުގައި ގޮވާލާފަ އެވެ.
އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެޖަމިއްޔާ އުވާލުމަށްވެސް ދަނީ ގޮވާލަމުންނެވެ.